- އިސްތިހާރު -spot_img

އަތޮޅުތެރޭގައި ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށް: ނާޒީމް

އަތޮޅުތެރޭގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށާއި އެ ގޮތުން 39 ހޮސްޕިޓަލެއްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލު ވުމަށް ފަހު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ތަކުގައި ހިދުމަތްތައް ފުޅާކުރަން ކުރި މަސައްކަތްތަކުގައި ބެލިބެލުމަށް އަތޮޅުތެރޭގެ އުމްރާނީ ތަރައްގީ ވަރަށް ބޮޑަށް ވީރާނާވެ، ބައެއް ތަންތަން ޖާގަ ކުޑަވެފައިވާ އިރު އަނެއްބައި ތަންތަން ވަރަށް ބޮޑަށް ހަލާކުވެ އަނެއްބައި ތަންތަން ހިދުމަތް ނުދެވޭ ވަރަށް ވީރާނާވެފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ތަންތަނަކީ މިހާރު ހުރި ހޮސްޕޮޓަލުތައް މަރާމާތުކުރުން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަނެއްބައި ތަންތަނަކީ މިހާރު ހޮސްޕިޓަލް ހުރި ތަންތަން ކަމަށެވެ.

އެގޮތުން އެތަންތަނުގެ ޖާގަ ނެތުމުގެ ސަބަބުން މުޅިން އާ އިމާރާތެއްގައި ހޮސްޕީޓަލް ގާއިމް ކުރާ ތަންތަން ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މުޅިން އަލަށް 19 ސިއްހީ މަރުކަޒު ގާއިމް ކުރަމުންދާ ކަމަށާއި، އައި އެކްސްޓެންޝަން އަދި އަޕްގްރޭޑް ކުރުމުގެ 89 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށްދާ މުޅި ޖުމްލަ 147 މަޝްރޫއެއް ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް ރެވިފައި ހުރި މަޝްރޫއުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ 22 ޕްރޮޖެކްޓް ހިމެނޭއިރު  އޭގެތެރެއިން މުޅިން އަލަށް އިމާރާތް ކުރާ އަށް ހޮސްޕިޓަލަކާއި ފަސް ސިއްހީ މަރުކަޒުގެ އިތުރުން އެކްސްޓެންޝަން އަދި އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ ނުވަ މަޝްރޫއެއް ހިމެނޭ ކަމަށެވެ. އަދި 12 މަޝްރޫއެއްގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތް ވެގެންދާނީ ދިވެހިރާއްޖޭގައި ފަހުގެ ތާރީހެއްގައި ހެލްތް ސެކްޓާގައި އިންފްރާސްޓްރަކްޗާ އަށް ނުކުރެވޭހާ ބޮޑު ހޭދައެއް ކުރެވޭ ދުވަސް ތަކަކަށް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި