- އިސްތިހާރު -spot_img

އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ ހަމަޖައްސައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް ޑރ. އާއިޝަތު ރަމީލާއަށް ރައްޔިތުން މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެޗްއާރުސީއެެމްގެ ރައީސަކަށް، އެ ކޮމިޝަންގެ މެންބަރުކަމުގައި ކުރިން ހުންނެވި ރަމީލާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ.

އެ މަގާމަށް އެކަމަނާ ހޮވާފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ. އަދި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ރަމީލާ އެ މަގާމަށް އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވީ ހިއުމަން ރައިޓްސް ކޮމިޓީ އަށް ކަމަށްވާއިރު އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރަމީލާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވެއެވެ. ހަމައެހެންމެ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހަޅާފައިވެއެވެ.

މީގެ ކުރިން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ކަމުގައި ހުންނެވި ރަމީލާ އެޗުއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކޮށްފައިވަނީ މިދިޔަ މަހު ކުރީކޮޅުއެވެ. އަދި ރަމީލާ އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުކަން ފާހަގަކުރެވެއެވެ.

އެޗްއާރުސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، އެއީ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޝަފީގް، މެންބަރު ޑރ. އައިޝަތު ރަމީލާ އާއި އިސްމާއީލް ހަބީބު އަދި އަހްމަދު މަގުސޫމްގެ އިތުރުން ސަމާއު އަހުމަދެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި