- އިސްތިހާރު -spot_img

ރަސްމާލެ ސައިޓް އޭގެ 64 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުން 64 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން އިއްޔެ ބުނީ ރަސްމާލެ މަޝްރޫއުގެ ދަށުން ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 64 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި، މިއީ ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ %47 ކަމަށެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ މަސައްކަތުގެ ދުވެލި އަވަސްކުރުމަށް ގެނައި ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަ ޑްރެޖަރު ކަމަށްވާ ކްރިސްޓޮބަލް ކޮލޮން އިންކަން ފާހަގަކުރެވެއެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށްވާއިރު ސައިޓް އޭ ގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފަވެއެވެ.

މިދިޔަ މަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިމޭނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި