- އިސްތިހާރު -spot_img

ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7089 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރޭ: ވުޒާރާ

ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7089 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި  އަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިޔާއިން ނެވެ. ރަޝިޔާއިން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 10،548 އަށް އަރާފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިޓާލީ ވިލާތުންނެވެ. އިޓަލީ ވިލާތުން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 7510 ފަތުރުވެރިން ކަމަށްވާއިރު އިނގިރޭސިވިލާތުން 3386 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން ޖަރުމަނުވިލާތުން 2980 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު އެމެރިކާއިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1632 ފަތުރުވެރިންނެވެ. މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޗައިނާއިން މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1480 ފަތުރުވެރިންކަން ފާހަގަކުރެވެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7089 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 34،137 ގައެވެ. އަދި ހޮޓެލް ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 1551 ގައެވެ.

ހަމައެހެންމެ ގެސްޓު ހައުސް ތަކުގައި 12،892 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 1006 އަށް އަރާފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި