މާލެ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްގީ ކޮށްފައިވާ ’ގަލޮޅު ޕާކް‘ އަންނަ އަންގާރަ ދުވަހު ހުޅުވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕާކަކީ ސިޓީ ކައުންސިލުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކޮށްފައިވާ ޕާކެއް ކަމަށްވާއިރު ގަލޮޅު ރައްޔިތުންގެ އެދުމުގެ މަތިން ތަރައްގީ ކުރި މި ޕާކްގެ މަސައްކަތް ފެށި މީގެ އަށް މަސް ކުރިންކަން ފާހަގަކުރެވެއެވެ.
ގަލޮޅު ޕާކްގައި ގިނަ ވަސީލަތްތަކާއެކު އައުޓްޑޯ ޖިމް އެއް ހަދާފައިވާ އިރު، ކުޑަކުދިންނަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައިވެ އެވެ. އަދި އެންމެ ކުޑަކުދިން އެރޭނެ ގޮތަށް ސްލައިޑް އަދި އުނދޯލިތައް ހަދާފައިވާއިރު، ތްރީ އޮން ތްރީ ބާސްކެޓް ކޯޓެއްވެސް ތަރައްގީ ކޮށްފައިވެއެވެ.
މީގެ އިތުރުން ބެޑްމިންޓަން ކޯޓެއް ވެސް ސިޓީ ކައުންސިލުން ވަނީ މި ޕާކު ވާކަންވެސް ފާހަގަކުރެވެއެވެ. ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ދަނީ، ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.





