- އިސްތިހާރު -spot_img

”ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވީތީ މުސާރައިގެ އެއްވެސް ފަރަގެއް ނުގެންގުޅޭ“

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތުގެ ތެރެއިން ވަޒީފާ ލިބިފައިވާ ފަރާތްތަކަށް ލިބޭ މުސާރައަކީ އެހެން ފަރާތްތަކާއި އެއް ހަމައެއްގައި މުސާރަ ލިބޭނެ ފަރާތްތަކެއްކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ ”ތަރުޖަމާނާއެކު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވީތީ މުސާރައިގެ އެއްވެސް ފަރަގެއް ނުގެންގުޅޭނެ ކަމަށާއި، ލިބޭ އާމްދަނީ އާއިލާގެ ހަރަދުތައް ބައެއް ފަހަރު ހަމަޖައްސާ ކަމަށެވެ. އަދި ކުރިމަގުގައި މި ނިޒާމު އިތުރަށް ހަރުދަނާވެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މެދު މުޖުތަމައު ދެކޭގޮތް އެއްކޮށް ބަދަލުވެގެން ދިއުމަކީ އުއްމީދެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަޖެހުނު ކަމުގައިވިޔަސް އެފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް ކަނޑާނުލާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 އަށްވުރެ ގިނަ ފަރާތަކަށް ދައުލަތުގެ ވަޒީފާ ހަމަޖައްސައިދެއްވާފައިކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މިމަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި މިހާތަނަށް 356 ކުދިންނަށް ވަޒީފާގެ ފުރުސަތު އެކި އިދާރާތައް މެދުވެރިކޮށް ހޯދައި ދީފައިވާނެ ކަމަށެވެ. އަދި މިމަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވާފައިވެއެވެ.

މިހާރުވެސް އެކި އިދާރާތަކައި ކައުންސިލްތަކާއި އަދި އެނޫންވެސް ދައުލަތުގެ އެތެރޭގެ ހުރި އެކި މުއައްސަސާތައް މެދުވެރިކޮށް އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެލަވަންސަކީ ގާނޫނުގެ ތެރެއިން ދޭ އެއްޗެއް ކަމަށާއި ގާނޫނުގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއް ހުއްޓިގެން ނުދާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސިވިލް ސާވިސްގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި