- އިސްތިހާރު -spot_img

މަޖިލީހުގެ ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި

މި އަހަރުގެ ރައްޔިތުން މަޖިހުގެ ރިޔާސީ ބަޔާން އިއްވުމަށް ކަނޑައަޅާފައިވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އަންނަ މަހުގެ ފަހެއްވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ކަމަށެވެ.

މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީކަން ފާހަގަކުރެވެ އެވެ.

މީގެ ކުރިން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ ދުވަސް ވަނީ ރަސްމީ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފަކަންވެސް ފާހަގަކުރެވެ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި