- އިސްތިހާރު -spot_img

ފެލިދޫގައި ނާޒުކު ހާލަތުގައި ދިރިއުޅެމުންދިޔަ ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

ވ. ފެލިދޫގައި ނާޒުކު ހާލަތެއްގައި ދިރިއުޅެމުންދިޔަ އާއިލާއަކަށް ސަރުކަރުން ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނީ ވ. ފެލިދޫގައި ނާޒުކު ހާލަތެއްގައި ދިރިއުޅެމުންދިޔަ އާއިލާއަކަށް މިއީ އުންމީދީ ފެށުމެއް ކަމަށެވެ.

ބަދިގެ

އެވުޒާރާ އާއި، އެހީޖަމުއިއްޔާ، ވ. އަތޮޅު ކައުންސިލް، ފެލިދޫ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ މަސައްކަތުގެ ތެރެއިން އަލީ ފަޔާޟްގެ އާއިލާއަށް ބޯހިޔާވަހިކަން ހަމަޖައްސައިދީ އާގެ އޭނާ އާއި ހަވާލުކޮށްފައިވާ ކަންވެސް ފާހަގަކުރެވެއެވެ.

ސިޓިން ރޫމް

ވ. ފެލިދޫގައި ނާޒުކު ހާލަތުގައި ދިރިއުޅެމުންދިޔަ އަލީ ފަޔާޟްގެ އާއިލާއަށް ބޯހިޔާވަހިކަން ހަމަޖައްސައިދީ ގެ ހަވާލުކުރުމަށް ހާއްސަ ހަފްލާއެއްވެސް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެވުޒާރާގެ އިސްބޭފުޅުންނާއި ފަޔާޟްގެ އާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ސަރުކާރުން ދަނީ ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެނެސްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރެވެއެވެ.

މީގެ ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރަމުންދެއެވެ. ރައްޔިތުންނާއެކު ރައީސް ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގައިވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި