- އިސްތިހާރު -spot_img

އީފާސްގެ އައު ވާޝަން އެއް މި އަހަރު ނެރެނީ

އީފާސްގެ ވަރަށް ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވާޝަންއެއް މި އަހަރުގެ މެދު ތެރޭގައި ނެރެވިގެންދާނެ ކަަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓާ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކިނާނަތު ވިދާޅުވީ އީފާސްގެ އައު ވާޝަންގެ މަސައްކަތްތައް ނިމި މި އަހަރުގެ މެދެއްހާ ހިސާބުގައި އީފާސްގެ ދެވަނަ ވާޝަން ނެރެވިގެންދާނެ ކަމަށެވެ. އަދި މި އައު ބަދަލާއެކު އީފާސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށެވެ.

ކިނާނަތު ވިދާޅުވީ މި އަހަރުގެ މެދު ތެރޭގައި ނެރޭ ވާޝަން ދޭއްގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ތަފާތު ފީޗާސްތަކާއެކު އިތުރު ވާޝަންތައް ނެރެމުންދާނެ ކަމަށެވެ.

އީފާސްގެ ބޭނުންކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަން ފާހަގަކުރައްވާ ސްޓޭޓް ވިދާޅުވީ އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓާ ފާ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެއް ކަމަށެވެ. އަދި މިވީ މުއްދަތުގެ ތެރޭގައި އީފާސްގެ އައު ވާޝަންއެއް ތައާރަފްވެފައިނުވާ ކަމަށްވެސް ކިނާނަތު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ޑިޖިޓަލައިޒޭޝަން އަދި ޓެކްނޮލޮޖީ ކުރިއެރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވިޝަން ކަމަށްވާ މޯލްޑިވްސް 2.0އާ ގުޅޭގޮތުން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ ނޭޝަނަލް ސޮވްރިންގ ކްލައުޑުގެ ކޮންސެޕްޓުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ޑާޓާ އެކްސްޖޭންގް ކުރުމަށް ވަކި ހާއްސަ ޕްލެޓްފޯމެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ކިނާނަތު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި