- އިސްތިހާރު -spot_img

އުޅަނދު ފަހަރު ގަވާއިދުން މަރާމާތުކޮށް ބެލެހެއްޓުމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުޅަނދުފަހަރު ގަވާއިދުން މަރާމާތުކޮށް ބެލެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެކަށީގެންވާ ގޮތެއްގައި ނުބަލަހައްޓާ އުޅަނދުތަކުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓްތައް ހިނގުމަށާއި އުޅަނދަށް ގެއްލުންވުމަށް މަގުފަހިވާ ކަމަށެވެ. އަދި ހާއްސަކޮށް ބްރޭކް ފެއިލްވުމާއި، ފުރޮޅުތަކަށް މައްސަލަ ދިމާވުމުގެ އިތުރުން ބައްތިތައް ރަނގަޅަށް މަސައްކަތް ނުކުރުމަކީ އާންމުންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.

އެވުޒާރާއިން ބުނީ އުޅަނދުތައް އުސޫލުގެ ތެރެއިން މަރާމާތު ކުރުމަކީ ތެލަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓަށް ބޭރުކުރާ ވިހަ ދުމުގެ މިންވަރު މަދުކޮށްދޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން އުޅަނދަށް ދިމާވެދާނެ ބޮޑެތި މައްސަލަތަކުން ސަލާމަތްވެ، ދިގު މުއްދަތުގައި ހިނގާނެ ބޮޑެތި ހަރަދުތަކުން ސަލާމަތްކޮށްދީ ރައްކާތެރިކަމާއެކު ދުއްވާ އުޅަނދުތަކުގެ ސަބަބުން މަގުތަކުގެ އަމާންކަން އިތުރުވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އުޅަނދު ފަހަރުގެ ހާލަތު ރަނގަޅަށް ބެލެހެއްޓުމަކީ ހަމައެކަނި އަމިއްލަ ފަރުދީ ޒިންމާއެއް ނޫން ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ އެއީ އުޅަނދުގައި ތިބޭ ފަސިންޖަރުންނާއި، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ އިތުރުން އެހެނިހެން އުޅަނދުތައް ދުއްވާ މީހުންގެ ސަލާމަތަށްޓަކައި އަދާކުރަންޖެހޭ އިޖުތިމާއީ ވާޖިބެއް ކަމަށެވެ. އަދި ފުރިހަމައަށް ބަލަހައްޓާ އުޅަނދުތަކުގެ ސަބަބުން އެންމެންނަށްވެސް ފަސޭހަ އަދި ރައްކާތެރި ދަތުރުފަތުރުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި