- އިސްތިހާރު -spot_img

ދިވެހިރާއްޖޭގެ މައިގަނޑު ދަތުރުފަތުރުގެ ވިއުގައަކީ ކަނޑު: ދަތުރުފަތުރާބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތައް އެކަތިގަނޑަކަށް ހަދައިދޭ އެންމެ މުހިންމު ވަސީލަތަކީ ކަނޑުމަގު ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ތަރައްގީގެ އާ ވަސީލަތްތަކާއި ވައިގެ ދަތުރުފަތުރު ތައާރަފުވުމުގެ މާ ކުރިންވެސް، ދިވެހިންގެ ދިރިއުޅުމާއި މުދާ އުފުލުމުގެ އެންމެ އިސް ދައުރެއް އަދާކުރީ އޮޑި ދޯނި ފަހަރު ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރުވެސް، ރާއްޖޭގެ އިގްތިސާދީ ދުވެލި ދެމެހެއްޓުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ކަނޑުގެ ދަތުރުފަތުރުގެ ނިޒާމަކީ މަޖުބޫރު ކަމެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އެގޮތުން ރަށްރަށަށް ބޭނުންވާ ކާބޯތަކެއްޗާއި، ހަކަތަ އާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ސިއްހީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގައި ފެރީ ތަކާއި ބޯޓު ފަހަރުގެ ދައުރު ބޮޑު އިރު ގިނަ ރަށްތަކެއްގެ މީހުންނަށް އާންމު ހިދުމަތްތަކާއި، ތައުލީމާއި، ސިއްހީ ފަރުވާ ހޯދުމަށް އޮތް ހަމައެކަނި މަގަކީވެސް ކަނޑު ދަތުރުފަތުރު ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އެހެންކަމުން، މި ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހުނަރުވެރިކަމާއި، އުޅަނދުފަހަރުގެ ފެންވަރު ރަނގަޅުކުރުމާއި، ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ ކަނޑުމަތީގެ ހަރަކާތްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ނިޒާމު ހަރުދަނާކޮށް ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ހަމައެހެންމެ ބަނދަރުތައް ތަރައްގީ ކުރުމާއި، އުޅަނދު ފަހަރުގެ ފެންވަރު މަތިކުރުމުގެ އިތުރުން އިންސާނީ ވަސީލަތްތަކަށް ސަމާލުކަން ދިނުމަކީ މި ދާއިރާއަށް އޮތް އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

”ރާއްޖޭގެ އެންމެ މައިގަނޑު ދަތުރުފަތުރުގެ ނިޒާމަކީ ކަނޑު ކަމަށްވާއިރު، މި ނިޒާމު ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ގައުމުގެ ގުޅުންތަކާއި ކުރިއެރުމަށް ލިބޭނެ ބޮޑު ބާރެކެވެ.“ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި