- އިސްތިހާރު -spot_img

ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލަފައިވާ ކަމަށެވެ.

މީގެ ކުރިން”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް އެ ވުޒާރާއިން ނިންމަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް މި ސްކީމަށް ފޯމު ހުށައެޅުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. އަދި ފަހުން އެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ފަސްކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުން ތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާހުތައް ގެނައުމަށްކަން ފާހަގަކުރެވެއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމުގެ ދަށުން ހުޅުވާލާފަވަނީ، ގްރޭޓާ މާލެ ސަރަޙައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، މާލެ ސަރަޙައްދުން ދޫކުރާ 7,900 ފްލެޓަށެވެ.

ފޯމު ހުށަހެޅުމަށް ”ހިޔާވަހި ޕޯޓަލް“ ހުޅުވާލާ، މީޑިއާތަކަށް ދެއްވި އިންޓަވިއުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވީ ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލެވޭނީ އެމީހަކު އިޚްތިޔާރު ކުރާ ކޮންމެވެސް އެއް ސްކީމަކަށް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި