މިދިޔަ މަހު އެހީ ޕްރޮގްރާމުގެ ދަށުން ޖުމްލަ 6،392،141.74 ހަރަދު ކޮށްފިއެވެ.
ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް އެނދުމަތި ކޮށްގެން ފަރުވާދިނުމަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެހީ ހަމަޖައްސައިދެވުނު ގޮތުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 6،392،141.74 ރުފިޔާ އެންސްޕާއިން ހަރަދު ކޮށްފައިވެއެވެ. އަދި އޭގެ ތެރޭގައި ޖުމްލަ 473 ކޭސް ހިމެނޭކަން ފާހަގަކުރެވެއެވެ.
އެ ގޮތުން އޭޑީކޭ ހޮސްޕިޓަލަށް ޖުމްލަ 2،866،895.24 ރުފިޔާ ހަރަދުކުރެވިފައިވާއިރު އޭގެ ތެރޭގައި 171 ކޭސް ހިމެނެއެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލަށް ޖުމްލަ 3،525،246.50 ހަރަދު ކުރެވިފަިއވާއިރު އޭގެ ތެރޭގައި ޖުމްލަ 302 ކޭސް ހިމެނޭ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށްބަލާއިރު:
- ވިހެއުމާގުޅޭ 80 ކޭސް – 1،036،976.72 ރުފިޔާ
- ކަށީގެ ބަލިތަކުގެ 38 ކޭސް – 704،339.00 ރުފިޔާ
- އަންހެނުންގެ ބަލިތަކުގެ 23 ކޭސް – 283،268.96 ރުފިޔާ
- ކުޑަކަމުދާ ނިޒާމުގެ/ކިޑްނީ ބަލިތަކާގުޅޭ 21 ކޭސް – 247،211.00 ރުފިޔާ
- ކަރުންމަތީގެ 30 ކޭސް – 205،933.05 ރުފިޔާ
- ގޭސްޓްރޯއިންޓެސްޓިނަލްގެ 23 ކޭސް – 202،819.00 ރުފިޔާ
- ނޭވާލާ ނިޒާމުގެ ބަލިތަކުގެ 21 ކޭސް – 189،630.00 ރުފިޔާ
- ކުޑަކުދިންގެ ބަލިތަކުގެ 10 ކޭސް – 155،114.61 ރުފިޔާ
- މައިބަދަ/ނާރުގެ ބަލިތަކުގެ 12 ކޭސް – 126،468.00 ރުފިޔާ
- ކާޑިއީވެސްކިއުލާގެ 7 ކޭސް – 114،881.00 ރުފިޔާ
- އެންޑޯކްރައިން ގެ 7 ކޭސް – 85،000.00 ރުފިޔާ
- ކެންސަރު ބަލީގެ 6 ކޭސް – 58،040.00 ރުފިޔާ
- ލޮލުގެ ބަލިތަކުގެ 6 ކޭސް – 37،402.00 ރުފިޔާ
- ހެމަޓޮލޮޖިކަލް ބަލިތަކުގެ 9 ކޭސް – 28،103.00 ރުފިޔާ
- އެހެނިހެން ބަލިތަކުގެ 5 ކޭސް – 19،467.00 ރުފިޔާ
- ދަތުގެ ފަރުވާގެ 5 ކޭސް – 19،196.00 ރުފިޔާ
- ނަފްސާނީ ބަލިތަކުގެ 2 ކޭސް – 11،397.16 ރުފިޔާ އެންސްޕާއިން ހަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލު މެދުވެރިކޮށް އެންމެ ގިނައިން އެންސްޕާއިން ހަރަދުކޮށްފައިވަނީ މައިބަދަ/ނާރުގެ ބަލިތަކަށްކަން ފާހަގަކުރެވެއެވެ. އޭގެ ތަފްސީލުތަކަށް ބަލާއިރު:
- މައިބަދަ/ނާރުގެ ބަލިތަކުގެ 14 ކޭސް – 606،194.00 ރުފިޔާ
- ކަށީގެ ބަލިތަކުގެ 25 ކޭސް – 570،304.00 ރުފިޔާ
- ވިހެއުމާގުޅޭ 35 ކޭސް – 386،947.97 ރުފިޔާ
- ކަރުންމަތީގެ 17 ކޭސް – 299،422.00 ރުފިޔާ
- ނޭވާލާ ނިޒާމުގެ ބަލިތަކުގެ 9 ކޭސް – 217،827.00 ރުފިޔާ
- އަންހެނުންގެ ބަލިތަކުގެ 17 ކޭސް – 188،293.00 ރުފިޔާ
- ކުޑަކަމުދާ ނިޒާމުގެ/ކިޑްނީ ބަލިތަކާގުޅޭ 16 ކޭސް – 182،305.00 ރުފިޔާ
- ކާޑިއީވެސްކިއުލާގެ 11 ކޭސް – 166،306.00 ރުފިޔާ
- ހެމަޓޮލޮޖިކަލް ބަލިތަކުގެ 9 ކޭސް – 57،762.00 ރުފިޔާ
- އެހެނިހެން ބަލިތަކުގެ 2 ކޭސް – 38،534.00 ރުފިޔާ
- ގޭސްޓްރޯއިންޓެސްޓިނަލްގެ 3 ކޭސް – 29،340.00 ރުފިޔާ
- ކެންސަރު ބަލީގެ 3 ކޭސް – 28،247.00 ރުފިޔާ
- ހެޕަޓިކްގެ 1 ކޭސް – 27،676.00 ރުފިޔާ
- އެންޑޯކްރައިންގެ 3 ކޭސް – 27،509.00 ރުފިޔާ
- ލޮލުގެ ބަލިތަކުގެ 1 ކޭސް – 14،702.00 ރުފިޔާ
- ދަތުގެ ފަރުވާގެ 2 ކޭސް – 13،959.00 ރުފިޔާ
- ހަމުގެ ބަލިތަކުގެ 2 ކޭސް – 8،117.00 ރުފިޔާ
- ކުޑަކުދިންގެ ބަލިތަކުގެ 1 ކޭސް – 3،429.61 ރުފިޔާ ހިމެނެއެވެ.





