- އިސްތިހާރު -spot_img

ފަރަށް އެރި ދޯނީގައި ހުރި މުދާތައް އޮޔާދަތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

“ބަލްމާ 6” ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ބަންޑުން ޖަހާލައި ދޯނީގައި ހުރި މުދާތައް މާލެއަތޮޅު ދެކުނަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ކާފު އަތޮޅު އެނބޫދޫ ފިނޮޅު ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ ”ބަލަމާ 6“ ދޯނި ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި، އެ ދޯނީގެ ކެޕްޓަން ނިޔާވެފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިފައިވާއިރު އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން، ޑައިވަރުންގެ ޓީމަށެވެ.

ފުލުހުން ބުނީ މި ދޯނި ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:27 ހާއިރު ކަމަށެވެ. އަދި ދޯނިން ދަތުރު ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން ނަގާފައެވެ. ދެން ތިބި ދެ މީހުންނަކީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި