- އިސްތިހާރު -spot_img

ރޯދަ މަހަށް މިސްކިތްތައް ސާފުކޮށް ޒީނަތްތެރިކުރަން ފަށައިފި

މި އަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބައެއް މިސްކިތްތައް ޒީނަތްތެރި ކުރަން ފަށައިފިއެވެ.

މާލެ ސީޓި ކައުންސިލުން ބުނީ ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް އާބާތުރަ ފިލުވައި، ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުމާލޭގެ އެކި މިސްކިތް ތަކުގައި ތަފާތު މަސައްކަތްތައް ކުރަމުންދެއެވެ.

އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ:

  • ހުޅުމާލެ މަސްޖިދުލް ސާނީ – މިސްކިތުގައި މައިޒާނެއް ތަރައްގީކުރުން.
  • ހުޅުމާލެ މަސްޖިދުލް ހައްތާބު – ފުރާޅު މަރާމާތު ކުރުމާއި އާބާތުރަ ފިލުވުން.
  • މާލޭ ތަގްވާ މިސްކިތް، މާފަންނު އާ މިސްކިތް އަދި އިބްރާހިމީ މިސްކިތް – ގޯތި ތެރޭގައި ގަސް އިންދައި ފެހި ކުރުމާއި ޒީނަތްތެރި ކުރުން.
  • ހުޅުމާލޭ މަސްޖިދުލް މުހައްމަދު – ތިރީ ބައިގެ ދޮރު ތަކުގައި ޑިޒައިން ސްޓިކާ ހަރު ކުރުން ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރަމަޟާން މަހަކީ ގިނަ ބަޔަކު އަޅު ކަމުގައި ވަގުތު ހޭދަކުރާ މަހަކަށްވާތީ، މިސްކިތްތަކަކީ ހިތްގައިމު ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެހެއްޓުމަށް ކައުންސިލުން ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި