- އިސްތިހާރު -spot_img

ހުޅުމާލެ ފޭސް 1 ،ފޭސް 2 އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރަނީ

ހުޅުމާލެ ފޭސް އެކެއް، ދޭއްގެ އިތުރުން ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމު ކުރުމަށް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ރާފިއު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

ސްޕޯޓްސް ކޮމްޕްލެކްސް ގާއިމް ކުރުމަށް ސަރުކާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށެވެ.

ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމު ކުރަމުންދާކަން ފާހަގަކުރެވެ އެވެ. އެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މިފަދަ ކޮމްޕްލެކްސްތައް އެޅުމަށް އެއްބަސްވުން ތަކުގައި ސޮއިކޮށް މަސައްކަތްތައް ފަށާފައިވާކަންވެސް ފާހަގަކުރެވެއެވެ. މިއީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމާއި، ފެންވަރު ރަނގަޅު ކުޅުންތެރިން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކޮށް ރައްޔިތުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެކެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި