- އިސްތިހާރު -spot_img

ޕާކިސްތާނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ބޮޑު ވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ފޮނުއްވި ތައުޒިޔާ މެސެޖުގައި ވިދާޅުވެފައިވަނީ އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ބޮޑު ވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށްވެސް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެ ހަމްދަރުދީ ފާޅުކުރައްވާފައެވެ.

ރައީސް ވަނީ ހިތާމައިގެ މި ދަނޑިވަޅުގައި، ހާދިސާގައި ޒަހަމްވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި ހާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތް ތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޝޮޕިން މޯލެއްގައި ހިނގި މި ހާާދިސާގައި މިހާތަނަށް 21 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި އަލިފާނު ނިއްވުމަށް ހަރަކާތްތެރިވާ ފަޔާ ފައިޓަރުންނާއި ސަލާމަތީ ކަންތައްތަކުގައި ހަރަކާތްތެރިވާ އެތައް ބަޔަކު ހިމެނެއެވެ. އަދި 60 މީހަކު ގެއްލިފައިވާ ކަމަށާއި ގެއްލިފައިވާ މީހުންގެ ނަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޮފިޝަލުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި