- އިސްތިހާރު -spot_img

އިންޑިއާ ބަލިކޮށް ރާއްޖެއިން ކުރި ހޯދައިފި

ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖޭން ކުރި ހޯދައިފިއެވެ.

ރާއްޖެއިން އިންޑިއާގެ މައްޗަށް ކުރި ހޯދާފައިވަނީ 5-0 އިންނެވެ. އަދި މި މުބާރާތުގައި ރާއްޖޭން ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޕާކިސްތާންއާއިއެކު. އެމެޗުން 7-1 އިން މޮޅުވިއިރު، ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 6-1 އިންނެވެ.

އިއްޔެގެ މެޗަށް ނިކުތްއިރު ރާއްޖެ އަށް އޮތީ އެއްވަނަ މަގާމު ގެއްލިފައެވެ. އެއީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު 4-4 އިން އެއްވަރުވެގެންނެވެ. އަދި ޕާކިސްތާނުން ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްފައިވީނަމަވެސް އިންޑިއާ އަތުން ރާއްޖެ މޮޅުވެ، އަލުން އެއްވަނަ އަށް އަރާފައިވާއިރު ތިން މެޗުން ނުވަ ޕޮއިންޓް ރާއްޖެއިން ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

މި މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ. އަދި މި މުބާރާތުގައި ރާއްޖޭން ދެން ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ރާއްޖެ ކުޅޭނީ ނޭޕާލާއިއެކުގައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި