- އިސްތިހާރު -spot_img

ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކާނެ ވަގުތީ މާރުކޭޓެއް ގާއިމުކުރަނީ

އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް ދަންޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ގާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ވުޒާރާއިން ބުނީ މި މާރުކޭޓް ތައްޔާރު ކުރަނީ ކަމާއި ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއި، އެއްބާރުލުމާއި އެކުގައި ކަމަށެވެ.

އެ ވުޒާރާއިން ރަށްތަކަށް ފޮނުވި ސާކިއުލާގައި ވާ ގޮތަށް ބަލާއިރު ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެވޭ މަހެއް ކަމަށްވާއިރު ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަގުސަދުގައި އެ ވުޒާރާއާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ރަމަޟާން މަހަށް ހާއްސަކޮށްގެން ދަނޑުވެރިން އުފައްދާފައިވާ ތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓެއް މާލެ ސަރަޙައްދުގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މި މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއް ކަމަށް އެވުޒާރާއިން ބުންޏެވެ.

ވުމާއިއެކު އަތޮޅުގެ ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް މި މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން އެ ވުޒާރާއަށް ފޯމު ހުށަހެޅުއްވުމަށްވެސް ސާކިއުލާގައި އެދިފައިވެއެވެ.

މީގެ އިތުރުން ފޯމު ފުރިހަމަކުރާއިރު، މިދިޔަ އަހަރުގެ ރަމަޟާން މަހު އެރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި މިއަހަރު މި މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އިނގޭނޭ ގޮތަށް ހުށަހެޅުމަށްވެސް އެވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.

އެ ގޮތުން މިކަމަށް ޝައުގުވެރިކަން ހުރި ކައުންސިލްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އީމެއިލް މެދުކޮށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި