- އިސްތިހާރު -spot_img

ރަމަޟާން މަހު ވ. ތިނަދޫ ރައްޔިތުންނަށް ދަތިނުވެ ކަރަންޓު ފޯރުކޮށްދެވޭނެ: ސްޓެލްކޯ

ރަމަޟާން މަހު ރައްޔިތުންނަށް ދަތި ނުވެ ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރެ ގެންގޮސް ބޭނުންކުރަން ފަށައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ އެ ކުންފުނިން އަތޮޅު ތެރޭ ރަށް ތަކުގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށާއި، ޕީކް ސީޒަނާއި ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ވ. ތިނަދޫއަށް 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރުސެޓެއް ގެންގޮސްފައިވާ ކަމަށެވެ.

ހަމައެހެންމެ އެ ޖެނެރޭޓަރުން މިހާރު ހިދުމަތް ދެމުންދާއިރު މި އައު ޖަނަރޭޓަރު ސެޓާއެކު މަތިވެރީގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 1539 ކިލޯވޮޓަށް ވަނީ އިތުރު ކުރެވިފަ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވާ ކަމަށް އެ ކުންފުނިން މި މަހު 19 ވަނަ ދުވަހު ބުނެފައިވެއެވެ.

އެ ގޮތުން މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި