- އިސްތިހާރު -spot_img

ރައީސްގެ ވައުދުފުޅާއި އެއް ގޮތަށް ވެލިދޫގައި ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ނ. ވެލިދޫގައި ސީ އެމްބިއުލަންސްގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް ފައްޓަވާދެއްވީ އިއްޔެ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޝަރަފުވެރި މެހުމާނު ޑެޕިއުޓީ މިނިސްޓާ އޮފް ޑިފެންސް ފާތިމަތު މިޒްނާ އާލީ ވިދާޅުވީ މި ހިދުމަތަކީ، ރައީސްގެ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތުގެ ދަށުން، ދިވެހި ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

ވެލިދޫގައި ގާއިމްކުރެވުނު ސީ އެމްބިއުލާންސް ހިދުމަތުގެ އިތުރުން، މި އަހަރު ދިވެހި ދައުލަތުގެ ހަރަދުގައި މުޅިން އައު ނުވަ ސީ އެމްބިއުލާންސް ހޯދާ އަތޮޅުތެރޭގެ ނުވަ ރަށެއްގައި މުޅިން އަލަށް ސީ އެމްބިއުލާންސްގެ ހިދުމަތް ގާއިމްކުރެވިގެންދާނެއެވެ. އަދި މިހާރު ހިދުމަތް މެދުކެނޑިފައިވާ ތިން ރަށެއްގައި އަލުން ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.

ދިފާއީ ވުޒާރާއިން ބުނި މިހާރު ބޭނުންކުރާ ސީ އެމްބިއުލާންސް ފްލީޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައްވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ރައީސްގެ މި ވައުދުފުޅަކީ ނ. ވެލިދޫ ރައްޔިތުންނާ މިދިޔަ އަހަރުގެ ޖުލައި 23 ގައި އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވެ ވަޑައިގެންނެވި ވައުދުފުޅެކެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި