- އިސްތިހާރު -spot_img

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީ ކުޑަކޮށްފި

ރާއްޖޭގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ނަގާ ފިތައް ކުޑަކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ރާއްޖޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރުމަށް އަމަލު ކުރަމުންދާ ”ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންތިގާލީ އުސޫލު“ ބަޔާންކުރާ ގަވާއިދުގެ ދަށުން ކާބޯތަކެޓިގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގައި އެ އޮތޯރިޓީން ނަގަމުންދާ ރަޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އިއްޔެއިން ފެށިގެން ދެ އަހަރުގެ މުއްދަތަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ރަސްޖިސްޓްރޭޝަން ފީ އާއި ކެޓަގަރީ ފީ 50 އިންސައްތަ އަށް ކުޑަކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ އިއުލާން ކޮށްފައެވެ.

ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންތިގާލީ އުސޫލުގެ ގަވައިދުގައި ވާގޮތަށް ބަލާއިރު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން 14 ކެޓަގަރީއަކަށް ބަހާލާފައިވެއެވެ. އަދި މީގެ ކުރިން ހުރިހާ ތަނަކަށް ވެސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނެގުމަށް އުސޫލުގައި ކަނޑައަޅާފައިވަނީ 500 ރުފިޔާ ކަމަށްވާއިރު މިއީ އެއް ފަހަރު ނަގާ ފީއެއް ކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވެއެވެ.

އެގޮތުން އެމްއެފްޑީއޭއިން ގެނައި ބަދަލާއެކު ދެން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގާނީ 250 ރުފިޔާ ކަމަށްވާއިރު އަހަރީ ފީގެ ގޮތުގައި 2،000 ރުފިޔާއިން ފެށިގެން އެކި އަގުތައް އެކި ކެޓަގަރީތަކުގެ ތަންތަނުން ނަގާނެ ކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި