- އިސްތިހާރު -spot_img

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބްގައި އިންޓާވެންޝަނަލް ކާޑިއޮލޮޖީ ޕްރޮސީޖާތައް ފަށައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބްގައި އިންޓާވެންޝަނަލް ކާޑިއޮލޮޖީ ޕްރޮސީޖާތައް ފަށައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަށް ހޮސްޕިޓަލާއި ގުޅިގެން އައްޑޫ ސިޓީގައި ހިތުގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން އިންޓަވެންޝަނަލް ކާޑިއޮލޮޖީ ނުވަތަ ކެތު ލެބްގެ ހިދުމަތް މިދިޔަ 27 ވަނަ ދުވަހު ވަނީ ފަށާފައެވެ. އަދި ދެ ހޮސްޕިޓަލުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ހިތުގެ ބަލިތކާ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ހާއްސަ ސްޕެޝަލިސްޓު ޓީމެއް ކޮންމެ ދެ ހަފުތާއަކުން އެއް ފަހަރު އައްޑޫއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން މި ޓީމުގައި އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓުންނާއި ކެތުލެބު ޓެކްނީޝަނުންގެ އިތުރުން ތަޖުރިބާކާރު ނަރުހުންވެސް ހިމެނޭނެއެވެ.

އައިޖީއެމްއެޗްއިން ބުނީ މި ހިދުމަތް ތައާރަފުކުރި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ޖުމްލަ ހަ ބަލި މީހަކަށް ކާމިޔާބުކަމާއިއެކު ފަރުވާދެވިފައިވާއިރު މިއީ އައްޑޫ ސިޓީގެ އިތުރުން މުޅި ދެކުނުގެ ސަރަހައްދުގެ ރައްޔިތުން ހިތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށްދީ އަމިއްލަ ރަށުގައި އާއިލާގެ ގާތުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ހޯދުމަށް ފަހިވެގެންދިޔަ މުހިއްމު ފުރުސަތެއް ކަމަށެވެ. އަދި އައިޖީއެމްއެޗްގެ މައިގަނޑު މަގުސަދަކީ މި ހިދުމަތް އެންމެ ފުރިހަމަ ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޯށްދިނުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫ ހޮސްޕިޓަލުގައި މި ހިދުމަތް ކާމިޔާބުކަމާއެކު ތައާރަފުކުރެވިގެން ދިއުމަކީ އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާ ގުޅިގެން ކުރެވުނު ބުރަ މަސައްކަތްތަކުގެ ފޮނި ނަތީޖާއެއް ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

އައިޖީއެމްއެޗްއިން ވަނީ މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެންމެހާ މުވައްޒަފުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުރުއަދާކޮށްފައެވެ. އަދި އަތޮޅުތަކުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކޯށް ހިދުމަތްތައް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދުރުވިސްނޭ ހަރުދަނާ ސަިޔާސަތުތަކަށާއި ރައްޔިތުންނަށް ފުރިހަމަ ސިއްހީ ނިޒާމެއް ބިނާކޮށްދެއްވުމަށް އެ މަނިކުފާނު ކުރައްވަމުންދާ މިންނެތް މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް އެމަނިކުފާނަށްވެސް އައިޖީއެމްއެޗްއިންވަނީ ޝުކުރުއަދާކޮށްފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި