- އިސްތިހާރު -spot_img

މަސްތުވާތަކެއްޗާއިއެކު ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / އާރާދަނާ، އަސްއަދު އަލީ (35އ) ކަމަށެވެ. އަދި މީނާ ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އެ ގޮތުން މި މަހުގެ 1 ވަނަ ދުވަހު ވިލިނގިލީ ޕޮލިހުން ރަށު ތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާއާއި މެދު ތުހުމަތު ކުރެވިގެން ފުލުހުން އެ ލޯންޗަށް އަރައި އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައިވެ އެވެ. އަދި ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 49 ގުރާމު ހުންނާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އަސްއަދު އަލީގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި