- އިސްތިހާރު -spot_img

ވާލްޑް ގަވާމަންޓްސް ސަމިޓްގައި ރާއްޖޭގެ ވަފުދަކަށް ހާރިޖީ ވަޒީރު ޑރ. ހަލީލު!

މިއަދުން ފެށިގެން މި މަހު ފަސް ވަނަ ދުވަހަށް އަރަބި އިމާރާތް (ޔޫއޭއީ) ގެ ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ’ވާލްޑް ގަވާމަންޓްސް ސަމިޓް 2026‘ ގައި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ދުބާއީ އަށް ފުރާވަޑައިގެންފިއެވެ.

މި ސަމިޓަކީ ޔޫއޭއީގެ ނާއިބު ރައީސް އަދި ބޮޑު ވަޒީރު، ހިޒް ހައިނެސް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އިސްނެންގެވުމުގެ މަތިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ. ހާރިޖީ ވުޒާރާއިން ބުނީ ”ޝޭޕިން ފިއުޗަރަ ގަވާންމަންޓްސް“ މި ޝިއާރުގެ ދަށުން ބާއްވާ މި އަހަރުގެ ސަމިޓުވެސް ވެގެންދާނީ ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ވެގެންދާނެ ވަރަށް މުހިންމު ޕްލެޓްފޯމަކަށް ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި އަހަރުގެ ވަފުދުގައިވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނިވަޑައިގަތުމަކީ، ތަރައްގީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ދޭ އަހަންމިއްޔަތުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

އެގޮތުން މި ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖެއާއި ޔޫއޭއީ އާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، މި ސަމިޓުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ފުރުޝަތު ފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ސަމިޓުގައި ދިވެހިރާއްޖޭގެ ވަފުދުންގެ ތެރޭގައި ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުހައްމަދު ހުސައިން ޝަރީފް، ސަފީރުގެ ނާއިބު އަލްފާޟިލް ހައްސާން ވަހީދުގެ އިތުރުން އެސިސްޓެންޓް ޑިރެކްޓާ އަލްފާޟިލާ އައިޝަތް ލީން ފަޒީހު ހިމެނިވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި