މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށްއޮތް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަ ރޯދަ ނިމެންދެން މާލެ ސަރަޙައްދުގައި ކުނި ނަގާނެ ވަގުތުތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަދަލުތަކެއް ގެނެސްފި އެވެ.
ވެމްކޯއިން ވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައިވެސް ކުނި ނަގާ ވަގުތުތަކަށް ބަދަލުގެނެސްފަކަން ފާހަގަކުރެވެ އެވެ.
ވެމްކޯއިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން 2:00 އާ ދެމެދު ކަމަށާއި، ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 2:30 އަށް ކަމަށެވެ. އަދި މުލަ ރޯދަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ވިލިމާލެ އިން ގޭބީސީތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 1:00އާ ދެމެދު ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.
އާއްމު ގޮތެއްގައި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ފަރާތްތަކުން ގޭތެރެ ސާފުކުރުމާއި އެހެނިހެން މަސައްކަތުގައި ގޭތެރެއިން އުކާލަން ނަގާފައި ހުންނަ ސާމާނުތަށް ގިނަވެއެވެ. އެގޮތުން ވެމްކޯގެ ކެޕްސް ހިދުމަތުގެ ޒަރިއްޔާއިން ގޭބިސީތަކުން އުކާލާ ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި އުކާލެވިދާނެއެވެ.





