- އިސްތިހާރު -spot_img

ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 78 ހެކްޓަރުގެ ބިން ހިއްކައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 78 ހެކްޓަރު ހިއްކައިފިކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) އާއީ ހަވާލުކޮށް ކުރިއަށްގެންދާ މި މަޝްރޫއުއަކީ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމުގެ ބޭނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

މި މަޝްރޫއުގައި ޖުމުލަ 112 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

އެމްއޭސީއެލްއިން ބުނީ މިހާތަނަށް 78 ހެކްޓަރު ހިއްކާ ނިންމާފައިވާ ކަމަށާއި، މިއީ މުޅި މަޝްރޫއުގެ %70 ކަމަށެވެ.

ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އަދި ޓްރެއިން ސަކްޝަން ހޮޕާ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ މުހިއްމު ވައުދުފުޅެއްކަމަށްވާއިރު ދިއްދޫގައި ތަރައްގީކުރާ އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ. އަދި އެ ސަރަހައްދަށް އިގުތިސާދީ ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި