- އިސްތިހާރު -spot_img

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ހދ. އަތޮޅު ކައުންސިލު މުވައްޒަފުންނާ ބައްދަލު ކުރައްވައިފި އެވެ.

ފުލުހުން ބުނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، ހދ. އަތޮޅުގައި ކުރިއަށްގެންދާ މި ހިދުމަތުގެ އިންފްރާ ސްޓްރަކްޗާ ޑިވަލޮޕްމަންޓް މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަސްވަރާ ކުރައްވާފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ބައްދަލުވުމުގައި، ކައުންސިލުތަކުން ފުލުހުންގެ މަސައްކަތް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ރަށް ރަށުގައި ކުރިމަތިވާ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ މި ބައްދަލުވުމުގައި، ފުލުުހުންގެ ކަމާ ގުޅުން ހުރި ބަހާތަކުގެ އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލު މެންބަރުން ބައިވެރިވެފައިވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި