- އިސްތިހާރު -spot_img

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަޑިއަށްދިޔުމުން ބައެއް ތަކެތި އޮޔާ ދާތީ، ސަމާލުވުމަށް އެދިއްޖެ

15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ ”ފްރެޝް ފްރޮމް ދަ ސީ“ ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށް ދިޔުމުން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި ކ. ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށްދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށް ކަމަށެވެ.
ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށާއި، ހާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ.
މިހާދިސާއާއި ގުޅިގެން އިއްޔެ ފުލުހުން ބުނީ މި ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ މެންދުރު 2:45 އެހާ އިރު ކަމަށެވެ. އަދި  މި ހާދިސާ ހިނގި އިރު ދޯނީގައި 15 މީހުން ތިބި ކަމަށާއި، މި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނެސްފައިވަނީ ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެފައިވާއިރު އެ މީހުން މާލެ ގެނެސް ފަރުވާދީފައިވާ ކަމަށެވެ. އަދި މި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށްވެސް ފުލުހުން ބުންޏެވެ.
spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި