- އިސްތިހާރު -spot_img

ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކޮށް މިއަދު ފަތިހު އާއްމުންނަށް ހުޅުވާލައިފި

ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، މިއަދު ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. 

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރަހައްދު މިއަދު ފަތިހު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތައް ތަރައްގީކޮށް މި ގެނެވުނު ބަދަލާއެކު އެ ސަރަޙައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަގު އާންމުންނަށް ހުޅުވާލުމުގެ ކުރިން އިއްޔެ ވަނީ އެ ސަރަހައްދުގެ ބައެއް ސަރަހައްދުތަކުގައި ގަސް އިންދުމުގެ ހަރަކާތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އަދި މި ހަރަކާތުގައި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަމަށްވާއިރު ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހެދުމާއި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި