- އިސްތިހާރު -spot_img

ރައީސް މުއިއްޒު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ޝަރަފުވެރި ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ”މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025“ ޝަރަފުވެރިކޮށްދެއްވާ އެވޯޑްސްތައް ރޭ ހަވާލުކޮށްދެއްވައިފިއެވެ.

އެމަނިކުފާނު، މި އެވޯޑްތައް ހަވާލުކޮށްދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމުކުރައްވައިގެން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ހަފުލާގައި ރައީސް ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމުވެސް ހަވާލުކޮށްދެއްވާފައެވެ. އަދި މި އަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފައިވަނީ، މޫސާ މަނިކު އަދި، މުހައްމަދު ނަދީމަށެވެ.

މީގެ އިތުރުން، ނޮން-އޮލިމްޕިކް އަދި އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީ އިން، ސްޕޯޓްސްވުމަން އޮފް ދި އިޔާ އަދި ސްޕޯޓްސްމަން އޮފް ދި އިޔާ އެވޯޑް ހާސިލުކުރެއްވި އެތުލީޓުންނަށްވެސް، އެމަނިކުފާނު އެވޯޑު ހަވާލުކޮށްދެއްވާފައިވާއިރު އެވޯޑުތައް ހަވާލުކުރެއްވުމަށްފަހު ރައީސް ވަނީ، އެންމެ ޝަރަފުވެރި އެވޯޑްތައް ހާސިލުކުރެއްވި ބޭފުޅުންނާއެކު ހާއްސަ، ހަނދާނީ ފޮޓޯފުޅެއް ނަންގަވާފަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރޭގެ މި ހަފުލާގައި، ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. ހަމަމިއާއެކު، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފަކަން ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ހިދުމަތްކޮށްދެއްވާފައިވާ އަދި ހިދުމަތްކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގު ވަޒަންކުރެއްވުމުގެ މަގުސަދުގައި، ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެއް ކަމަށާއި، ރޭގެ ހަފުލާގައި ފާހަގަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސްގެ އިސްނެންގެވުމާއެކު، ކުޅިވަރު ތަރައްގީކޮށް ކުރިއެވުމަކީ ގައުމީ އަހުމިއްޔަތެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި