- އިސްތިހާރު -spot_img

”ވަހީ އަންނަ ކަމަށް“ ބުނެ ވާހަކަ ދައްކަމުންދާ މީހާގެ މައްސަލަ ބަލަނީ

”ވަހީ އަންނަ ކަމަށް ބުނެ“ ސޯޝަލް މީޑިއާތަކުގައި ވާހަކަ ދައްކަމުންދާ ދިވެއްސެއްގެ މައްސަލަ ފެންމަތި ވެއްޖެ އެވެ.

ފުލުހުން ބުނީ އޭނާ ގެ މައްސަލަ ބަލަމުންދާ ކަމަށާއި، ދީނަށް ފުރައްސާރަކޮށް، މީސް މީޑިއާގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯތަކެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދިވެއްސަކު ދަނީ ލައިވް މެދުވެރިކޮށް ދީނާ ހިލާފު އެކި ވާހަކަތައް ދައްކަމުންނެވެ. އެ މީހާ މިކަންތައް ކުރަމުން ދަނީ ރާއްޖެ އިން ބޭރުގައި ހުރެގެންކަމަށްވާއިރު މިދިޔަ ހުކުރު ދުވަހު ފެންމަތިވެފައިވާ މި މައްސަލައާއި ބެހޭ ގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ތިމަންނާ އަށް ވަހީ އަންނަ ކަމަށް ބުުނެ، އިސްލާމީ އަގީދާ އަށާއި ކީރިތި މާތް ނަބިއްޔާއަށް ތައު ހީނުވާ ގޮތައް ވާހަކަ ދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި ރަސްމީކޮށް އެދިލައްވާފަ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި