- އިސްތިހާރު -spot_img

ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަންތައް، ޓާމިނަލް ދޭކަށް ބަދަލުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް، ޓާމިނަލް ދޭއް (ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލްއަށް ބަދަލުކޮށްފިއެވެ.

ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް، ޓާމިނަލް ދެކައަށް ބަދަލުކުރުމުގެ ގޮތުން އިއްޔެ ބާއްވާފައިވާ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފެވެ.

އެމްއޭސީއެލުން ބުނީ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް ޓާމިނަލް ދެއަކަށް ބަދަލުކޮށްފައިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ކަމަށާއި، މިބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ކަމަށެވެ. އަދި ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި އަށް ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް، ޓާމިނަލް ދޭއްގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ހުންނާނެ ކަމަށާއި، ސެކިއުރިޓީ ކްލިއަރެންސްއަށް ތިން މެޝިން ބެހެއްޓިފައިވާއިރު، ހަ ޑިޕާޗާ ގޭޓު ހުންނާނެ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

މީގެ އިތުރުން ޓާމިނަލް ދޭއްގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދު ކޮޓަރި އާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެފައިވެއެވެ. އެމްއޭސީއެލުން ބުނީ މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއާޕޯޓުގައި ކުރިމަތިވާ ތޮއްޖެހުން ކުޑަކޮށް، ދަތުރުކުރާ ފަރާތްތަކަށް ވީހާވެސް ފުރިހަމަ ހިދުމަތް ދިނުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ހިދުމަތްތައް ބޮޑު އަދި ޒަމާނީ ޓާމިނަލަކަށް ބަދަލުކުރުމުން އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވި، މިވީ ކުރު މުއްދަތުގެ ތެރޭގައި، ޑޮމެސްޓިކް ހިދުމަތްތައްވެސް ބޮޑު އަދި ޒަމާނީ ޓާމިނަލަކަށް ބަދަލުވެގެން ދިއުމަކީ އެއާޕޯޓުން ދެމުންގެންދާ ހިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެ ގެނެވުނު ބަދަލާއެކުގައި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސޯދަށް ވަރަށް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ޑޮމެސްޓިކް ޓާމިނަލަކީ ގިނަ ރައްޔިތުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ މައި ދޮރާއްޓަށްވާއިރު އެ ޓާމިނަލް އިތުރަށް ތަރައްގީކުރުމަށް މީގެކުރިން މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތް ކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާ ފަރާތްތަކަށް އެ ޓާމިނަލަކީ ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިގްތިސާދީ ގޮތުން އެ ޓާމިނަލުން ރައްޔިތުންނަށް ލިބެންޖެހޭ ނަފާ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައިއޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި