- އިސްތިހާރު -spot_img

ރައީސް އިސްލާމީ ގައުމުތަކަށް ރަމަޟާން މަހުގެ ތަހުނިޔާ އަރިސްކުރައްވައިފި

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާ އަދި ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތަކަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ވަކިވަކީން ފޮނުއްވި މެސެޖު ތަކުގައި އެމަނިކުފާނު ވަނީ، މި މައްސަރަކީ އިސްމާލީ އުންމަތުގެ ބަދަހިކަން އިތުރުވެގެންދާނޭ މައްސަރަކަށް ވާނޭ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ ކަމަށެވެ. އަދި އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުން، މުސްލިމުންގެ އަޑު އުފުލައި، އިސްލާމީ އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސް ކުރެވިދާނޭކަމަށް އެމަނިކުފާނު ފޮނުއްވި ތަހުނިޔާގައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، ނާއިންސާފު ކެކުޅުންތައް ތަހައްމަލު ކުރަންޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންނަށް އަމާންކަން މިންވަރު ކުރެއްވުމަށް އެދިވަޑައިގެންފައިވާއިރު، އެ ވޭނުން ސަލާމަތް ކުރެއްވުމަށާއި، އެ އަހުންނާއި އުހުތުންގެ އަޒުމު ވަރުގަދަ ކުރެއްވުމަށް އެދިވަޑައިގެން ރައީސް ވަނީ ދުއާފުޅުވެސް ކުރައްވާފަކަން ފާހަގަކުރެވެ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި