މި ރޯދަ މަހު ސްޓެލްކޯއިން ހިދުމަތް ދޭނެ ވަގުތުތައް އާއްމު ކޮށްފި އެވެ.
ސްޓެލްކޯ އިން ރޯދަ މަހު ހިދުމަތް ލިބޭނެ ވަގުތު ތަކުގެ ތަފްސީލު އިއުލާން ކޮށްފައިވާއިރު މާލެ އަދި ހުޅުމާލެ އިން ހިދުމަތް ލިބޭނީ ރަސްމީ ދުވަސް ތަކުގައި ހެނދުނު 9:15 އިން މެންދުރު 13:00 އާއި ހަމައަށެވެ. އަދި އަތޮޅު ތެރޭގެ ޕަވާ ހައުސް ތަކުން ހިދުމަތް ލިބޭނީވެސް ހަމަ މިގަޑި ތަކުގައި ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ނަމަވެސް ރޯދަ މަހުގެ ފަހު 10 ގައި ސްޓެލްކޯ އިން ހިދުމަތް ދޭނީ އާދީއްތަ އިން ފެށިގެން ބުރާސްފަތި ދުވަހު ކަމަށްވާއިރު މާލެ އަދި ހުޅުމާލެއަށް ހެނދުނު 11:00 އިން މެންދުރު 13:00 އަށް ހިދުމަތް ދިނުމަށް ސްޓެލްކޯ އިން ވަނީ ހަމަޖައްސާފައެވެ. އަދި އަތޮޅު ތެރޭގެ ޕަވާ ހައުސްތަކުންވެސް ހިދުމަތް ދޭނީ ހަމަ މި ގަޑި ތަކުގައި ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ ސްޓެލްކޯގެ ސާވިސް ކައުންޓަރުތަކުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު އައި ނަމަވެސް އާދައިގެ މަތިން ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.





