މި އަހަރުގެ މިހާތަނަށް ޖުމްލަ 418،034 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 67،185 އަށް އަރާފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ރަޝިއާއިންނެވެ. ރަޝިއާއިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 46،636 ފަތުރުވެރިން ކަމަށްވާއިރު އިޓަލީ ވިލާތުން 40،345 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
މީގެ އިތުރުން އިނގިރޭސި ވިލާތުން 38،162 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ފަސްވަނައިގައި އޮތް ޖަރުމަނުވިލާތުން ޒިޔާރަތްކޮށްފައިވަނީ 24،980 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 8039 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 283،272 ގައެވެ. އަދި ހޮޓެލް ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 12،021 ގައެވެ.
ހަމައެހެންމެ ގެސްޓު ހައުސް ތަކުގައި 111،390 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8473 އަށް އަރާފައިވެ އެވެ.





