- އިސްތިހާރު -spot_img

”ކަންކަން ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް މަސައްކަތް ކުރާނެ ޓީމެއް އޮވެގެން“

ކަންކަން ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް މަސައްކަތް ކުރާނެ އެކުވެރި ޓީމެއް އޮވެގެން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ސަރުކާރާ ދެކޮޅު ފިކުރެއްގެ ކައުންސިލެއް ނުވަތަ މުއައްސަސާއެއް އޮތުމަކީ ރައްޔިތުން އެދޭ ތަރައްގީ ލަސްވެގެންދާނެ ކަމެއް ކަމަށާއި، ޕީއެންސީގެ ކެންޑިޑޭޓުންނަކީ ވަރަށް އޯގާތެރި އަދި ކަމޭހިތާ، ރައްޔިތުންނާ ގާތުން ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކޮށްފައި ތިބި މީހުން ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އެއްވެސް މަސައްކަތެއް ކުރައްވަން ހަމައެކަނި ކަނޑައަޅުއްވައިގެން ހުންނަވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ކުރައްވަން ކަނޑައަޅުއްވާ މަސައްކަތެއް ނުކޮށް ދޫނުކުރައްވާނެ ކަމަށެވެ.

”ދާދި ފަހުން އެ މަގުވެސް ހައްދަވަން ނިންމެވީ. މިހާރު އެއޮތީ ހައްދަވައި ނިންމާފައި. ދެން އެމަގު އަޅުގަނޑުމެން ހަވާލުކުރަންވީ އެ މަގުގެ ބޭނުން ނުހިފޭނެގޮތަށް މަސައްކަތް ކުރާ ބަޔަކާ؟ އަޅުގަނޑުމެންނަށް ފަސޭހަވާނެތޯ، ރައްޔިތުންނަށް ފަސޭހަވާނެތޯ އޭގެ ސަބަބުން؟ ހަމަ ޔަގީނުންވެސް ނުވާނެ، އެހެންނޫންތޯ؟“ ރާފިއު ވިދާޅުވިއެވެ.

އެ މަގު ހަވާލުކުރަން ޖެހޭނީ ހިނގާ މީހުންނަށާއި، ދުއްވާ މީހުންނަށް އަދި އެތަނުން މުދާ ބާލައި މީހުންނަށްވެސް ފަސޭހަވާނެ ގޮތަށް ކަންތައްތައް ކުރައްވަން ތިއްބެވި ބޭފުޅުންނާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރައީސް މިހާރުވެސް ގެންދަވަނީ ބާރުމިނުގައި ވައުދުތައް ފުއްދަވަމުން ކަމަށެވެ. އަދި އެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބޭނީ ސަރުކާރުގެ ސިޔާސަތުތައް ދަންނަ، އެކަމަށް އެއްބާރުލުންދޭނެ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި