- އިސްތިހާރު -spot_img

އިސީގެ މެންބަރުކަމުގެ މަގާމަށް ރިފްއަތު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މ. ވޭވަށް، ކިނާރާ އަލްއުސްތާޛު ރިފްއަތު އަބްދުﷲ އައްޔަންކުރައްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު، ރައީސް އޮފީހުގައެވެ. އަދި އީސީގެ މެންބަރުކަމުގެ ހުވާ ރިފްއަތު ކުރައްވައިފައިވާއިރު ހުވާގެ އިގުރާރުގައިވެސް އެމަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ ރިފްއަތު އަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުހައްމަދު ސަލީމު ކަމަށާއި،  މި ރަސްމިއްޔާތުގައި ރައީސް ވަނީ، އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުންވެސް ރިފްއަތު އާއި ހަވާލުކޮށްދެއްވާފައި ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ، އީސީގެ މެންބަރުކަމަށް، ރިފްއަތު އައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އީސީގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީނެވެ.

އީސީގެ މެންބަރުކަމަށް، ރިފްއަތު އައްޔަނުކުރެއްވީ، އެ ކޮމިޝަނުގެ މެންބަރު ކަމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ މެންބަރު ކަމުގެ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ. މީގެ ކުރިން ރިފްއަތު ވަނީ އެ ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަން ކުރައްވާފައެވެ. އަދި އެމަނިކުފާނު އެންމެ ފަހުން ހުންނެވީ، ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައިކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި