- އިސްތިހާރު -spot_img

ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި މިސްކިތް ހުޅުވައިފި

ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި އައު މިސްކިތް އިއްޔެ ހުޅުވައިފި އެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާ އަލްއުސްތާޛް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. އަދި މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލުގެ އިސްވެރިންނާއި އެ ރަށުގެ ރައްޔިތުންވެސް ބައިވެރިވެފައިވެ އެވެ.

މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި ދައުލަތުގެ ބަޖެޓުން ހަރަދުކޮށް، ބިނާކޮށްފައިވާ މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށްވެސް ހާއްސަ ކޮށް ނަމާދު ކުރެވޭނެ ޖާގަ ގާއިމުކޮށްފައިވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު މި އަހަރުގެ ރަމަޟާން މަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާ ހުޅުވިފައިވާކަން ފާހަގަކުރެވެ އެވެ.

ރަމަޟާން މަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އައު މިސްކިތް ހުޅުވުމުގެ މަސައްކަތާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަން ފާހަގަކުރެވެ އެވެ. ހަމައެހެންމެ އަމިއްލަ ފަރާތްތަކުގެ އެހީގައި އަޅަމުންދާ ގިނަ މިސްކިތްތަކުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަން ފާހަގަކުރެ ވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި