- އިސްތިހާރު -spot_img

ޓިކްޓޮކްގައި ދީނަށް ފުރައްސާރަ ކުރި މީހަކު ހޯދަން އިއުލާން ކޮށްފި

ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫ އަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭންގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހޯދަން އިއުލާން ކޮށްފައިވަނީ އަހުމަދު އާމިރު (51އ)، ހ. ފިލިކުރިގެ / މާލެ، އައިޑީ ކާޑު: A094541އެވެ. އަދި އޭނާ މި ތަހުގީގުގައި ސުވާލުކުރުމަށް ހާޒިރުވާން އެދިފައިވަނީ ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް 2026 މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށް ކަމަށް ފުލުހުން ބުންޏެވެ.

އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ”ބޫގާ“ ނުވަތަ ”ޑރ. ބޫ“ ގެ ނަމުން ޓިކްޓޮކްގައި މަޝްހޫރު ކަން ހޯދާފައިވާ އަހުމަދު އާމިރު، ”ވަހީ އަންނަ ކަމަށް ބުނެ“ ސޯޝަލް މީޑީއާގައި ވާހަކަ ދައްކާފައިވާ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ 20 ވަނަ ދުވަހުއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ދީނާ ހިލާފު ވާހަކަތަކެއް ދައްކަމުން ދަނީ ރާއްޖެއިން ބޭރުގައި ހުރެގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި