- އިސްތިހާރު -spot_img

ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ސިނަމާލެ ބްރިޖު ކައިރީ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

މާލެ ބޮޑުތަކުރުފާނު މަގު، ބްރިޖު ލައިޓް ކައިރިން ބާރުސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޕޭވްމަންޓު މައްޗަށް އަރާ ވަނީ ނުކުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.

މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 1:39 އެހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާ އާއި ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ފަހަތުގައި އިން ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައި ކަމަށެވެ. އަދި އެކްސިޑެންޓުވި ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީ ގެއުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވާ ސަރަހައްދުގައި ވަރަށް ގިނަ ލޭ ހުރިތަން ފެނެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި