- އިސްތިހާރު -spot_img

އަންނަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދުކުރަން ނިންމައިފި

އަންނަ މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ މި ގޮތަށް ހަމަޖައްސާފައިވަނީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން މިދިޔަ އަހަރުގެ 4 ފެބުރުވަރީ ގައި ނެރުނު ދެންނެވުމުން ހަމަޖައްސަވައިފައިވާތީ ކަމަށެވެ.

މިގޮތަށް ހަމަޖެއްސީ، އިސްލާމީ އުސޫލުތައް ގާއިމު ކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ރަމަޟާން މަހުގެ ފަހު ދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސް ތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށްވެސް އަންގަވައިފައިވެ އެވެ.

މިދިޔަ އަހަރުވެސް ސަރުކާރުންވަނީ ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުކޮށްދީފަ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި