- އިސްތިހާރު -spot_img

ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތަށް މި ރަމަޟާން މަހު 15 މިސްކިތް ހުޅުވައިފި: ޝަަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް މި އަހަރުގެ ރަމަޟާން މަހަށް 15 މިސްކިތް ހުޅުވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވި ގޮތަށް 15 މިސްކިތް ރޯދައަށް ހުޅުވާފައިވާ ކަމަށާއި، އޭގެ ތެރޭގައި މި ސަރުކާރުގެ ޕްރޮޖެކްޓުތަކާއި ސަރުކާރާ އަމިއްލަ ފަރާތްތައް ގުޅިގެން ގެންދިޔަ މަޝްރޫއުތައް ހިމެނޭ ކަމަށެވެ. އަދި މި ރޯދަ މަސް ނިމޭއިރަށް ހުޅުވޭ މިސްކިތްތަކުގެ އަދަދު 20 އަށް އަރާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

މާލޭގައި 800 މީހުންނަށް ވުރެ ގިނަ މީހުން ނަމާދު ކުރާ މިސްކިތްތަކުގެ، ފިރިހެނުންނާއި އަންހެނުންގެ ނަމާދު ކުރާ ބައިތައް އޭސީކޮށް ވަނީ ނިންމާފައެވެ. އެ މަސައްކަތް ރޯދަ މަހަށް ނިންމާނެ ކަމަށް ރައީސް ވިދާޅުވީ މި އަހަރު ރިޔާސީ ބަޔާން އިއްވަވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރަމަޟާން މަހުގެ ކުރިން އަށް މިސްކިތެެއް ހުޅުވުމަށް ވުޒާރާއިން އަމާޒު ހިފާފައިވާއިރު، މީގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި