ބ. ދަރަވަންދޫ ހިއްކަން ނިންމާފައިވާ ކަމަށާއި، އެއާޕޯޓްގެ ތަރައްގީއަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި، އެގޮތުން އެއާޕޯޓުން ދޭ ހިދުމަތްތައް ރަނގަޅުކޮށް ވަސީލަތްތައް ރަނގަޅުކޮށް ޒަމާނީ ކުރުމުގެ މަސައްކަތް ކުރާން ނިންމާފައިވާނެ ކަމަށެވެ.
ވަޒީރުގެ އިތުރުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބ. ދަރަވަންދޫ ހިއްކަން ނިންމާފައިވާ ކަމަށާއި، އެއާޕޯޓްގެ ތަރައްގީއަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ދަރަވަންދޫ ފަޅުން ބައެއް ހިއްކުމުގެ ޕްލޭނެއްގެ މަސައްކަތް މިދިޔަ އަަހަރު ކުރިނަމަވެސް ބިން ހިއްކުމުގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ގެންދަން ރަސްމީކޮށް ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާނަމަ އެކަން ކައުންސިލަށް ހިއްސާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




