- އިސްތިހާރު -spot_img

ގާސިމް މާމިގިލީގައި ބިނާކުރި މިސްކިތް ހުޅުވައިފި

ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އޮނަރަބަލް ގާސިމް އިބްރާހިމްގެ ހަރަދު ފުޅުގައި އދ. މާމިގިލީގައި ބިނާކުރި މިސްކިތް ’މަސްޖިދު އިބްރާހިމް‘ އިއްޔެ ހުކުރު ނަމާދަށް ހުޅުވައިފި އެވެ.

މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އޮނަރަބަލް ގާސިމް އިބްރާހިމް އެވެ. މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޮނަރަބަލް ގާސިމް އިބްރާހިމާއި، މާމިގިލީގެ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި މިސްކިތް ހުޅުވައިދެއްވާ، މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ވަޒީރު ޑރ. ޝަހީމެވެ.

800 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެއް ކަމަށްވާއިރު މީގެ އިތުރުން މިސްކިތުގައި އޭސީގެ ނިޒާމު ގާއިމްކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

ސަރުކާރުގެ ހަރަދުގައި އިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން އިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރަމަޟާން މަހަށް 15 މިސްކިތެއް ހުޅުވާފައިވާ ކަމަށް އިސްލާމީ ވުޒާރާގެ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި