- އިސްތިހާރު -spot_img

ދީނަށް ފުރައްސާރަ ކުރާ މީހުންނާއިއެކު އެއްވެސް ގުޅުމެއް ނޯންނާނެ: ޕީއެންސީ

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހަކު، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވުމަކީ، އެ ޕާޓީއާ އެއްވެސް ރަސްމީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އެ ޕާޓީއިން މިއަދު ބުނެފި އެވެ.

ޕީއެންސީއިން ބުނީ އިސްލާމްދީނަށް ފުރައްސާރަކުރުން ފަދަ އަމަލުތައް އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދީނަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކަމުން ދަނީ ހ. ފިލިކުރިގެ, އަހުމަދު އާމިރު (51އ) ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ވަނީ އެ މީހާގެ ވަނަވަރާއި ފޮޓޯ އާންމުކޮށް ފުލުހަށް ހާޒިރުވާން މިދިޔަ މަހުގެ 24 ވަނަ ދުވަހު އާއްމުކޮށް އަންގާފައެވެ.

ފުލުހަށް ހާޒިރުވާން އެންގި ފަހުން ޕީއެންސީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ކުރިމަތިލާފައި ތިއްބެވި ބައެއް ކެންޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި އޭނާ ވަނީ ވާހަކަދައްކަމުންދާއިރު ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުވާން އެންގުމަށް އުޅޭ ވަކި ތަނެއް ނޭނގޭތީ ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ. އަދި މި 10 ވަނަ ދުވަހުގެ 16:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުވާންވެސް ފުލުހުން ވަނީ އަންގާފައެއެވެ.

ޓިކްޓޮކްގައި ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަނީ ޖަޕާނުގެ މީހަކާ އިނދެގެން އެ ގައުމުގައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި