- އިސްތިހާރު -spot_img

މައްޗަންގޮޅީގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މައްޗަންގޮޅިގައި ހުރި ޓޭކް އަވޭ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މއ. ސިޓީވިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް، މާލޭ ފަޔާ ސްޓޭޝަނުން މިހާރު ވަނީ ނިއްވާލާފަ ކަމަށެވެ. އަދި މިއީ މީހުން ދިރިއުޅޭ ގެއެއް ކަމަށާއި، މި ހާދިސާ ހިނގި ކަމުގެ  މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 03:06 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާއިރު ރޯވި އަލިފާންގަނޑު ނިންވާލެވުނީ 04:12 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ހާދިސާގައި އެ ގޭގެ އެކި ބައިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ނޭޝަނަލް ޑީސާސްޓާޒް މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޭ މއ. ރިމްލާސްގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް، ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެ އޮތޯރިޓީން އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި