- އިސްތިހާރު -spot_img

”މެދުއިރުމަތީގެ ހަމަނުޖެހުމުގައި ރާއްޖެއިން މަސައްކަތް ކުރާނީ އަރަބި ގައުމުތަކާއިއެކު“

މެދުއިރުމަތީގެ ހަމަނުޖެހުމުގެ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއިން މަސައްކަތްކުރާނީ އަރަބި އިސްލާމީ ގައުމުތަކާއެކީ، އެއް ބްލޮކެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން އަރަބި އިސްލާމީ ގައުމުތަކާއެކުގައި އެއް ރޫޙެއްގައި އެކުގައި މަސައްކަތްކުރައްވާނެ ކަމަށާއި، މި ހަނގުރާމައަކީ އިސްލާމީ އުންމަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި ރައީސް ވަނީ ހަމަލާތައް ދިނުން ކުށްވެރިކުރައްވައި، މި ހަނގުރާމައިގައި ގެއްލޭ ކޮންމެ މުސްލިމް ފުރާނައަކީ އިސްލާމީ އުންމަތަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިރާނުން ދެމުންދާ ހަމަލާތަކާއި ގުޅުވައި ރައީސް ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސަށް ފޯނުން ގުޅުއްވައި، ދިވެހިރާއްޖޭގެ ތާއީދު ފާޅުކުރައްވައި، ދިވެހި ރައްޔިތުން އެބޭފުޅުންނާއި އެކުގައި ތިބިކަން ދަންނަވާފައިވާނެ ކަމަށެވެ. އަދި އިއްޔެ މެންދުރު ފަހު އިތުރު ގައުމުތަކުގެ އިސްވެރިންނަށް ގުޅުއްވައި، ދިވެހިރާއްޖޭގެ ތާއީދު ފާޅުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރެއިން އަދި އޮމާންގެ އިސްވެރިންނަށް ގުޅުއްވައި ދިވެހި ރައްޔިތުން ތިބީ އެ ހުރިހާ ގައުމުތަކެއްގެ ރައްޔިތުންނާއި އެކުގައިކަން ހާމަކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހަނގުރާމައިގައި ރާއްޖެއަށް އޭގެ އަސަރު ކުރަނީ، ރާއްޖެއަކީ ފަތުރުވެރި ކަމަށާއި އަދި ކާބޯތަކެއްޗާއި ތެލަށް، މެދު އިރުމައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާތީ ކަމަށެވެ. އަި ދިވެހިރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުންވެސް ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި