- އިސްތިހާރު -spot_img

ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ ސުމްޓްރާ ސަރަހައްދަށް ބާރު ގަދަ ބިން ހެލުމެއް އަތުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނީ އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާއަށް އައި ބާރު ގަދަ ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި، މި ބިންހެލުން އައިސްފައިވަނީ 6.1 ގެ ބާރު މިނުގައި ކަމަށެވެ. އަދި އުތުރު ސުމަޓްރާއަށް އައި މި ބިން ހެލުން އައިސްފައިވަނީ މިއަދު ހެނދުނު 9:56 ހާއިރު ކަމަށްވެސް މެޓުން ބުންޏެވެ.

މި ބިން ހެލުމާއި މާލެ އާއި ހުރި ދުރުމިނަކީ 2581 ކިލޯ މީޓަރެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ބިން ހެލުން އުފެދިފައިވަނީ ސިނަބަންގްގެ އިރުދެކުނުން ގާތްގަނޑަކަށް 65 ކިލޯމީޓަރު (40 މޭލު) ދުރުން ކަނޑުގެ އަޑިއަށެވެ. އަދި މި ބިން ހެލުމުގެ ލޮޅުންތައް އުތުރު ސުމަޓްރާއާ ހަމައަށް ފޯރާފައިވީ ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވާކަން ރިޕޯޓްތަކުން މައުލޫމަތު ލިބެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ނުވަތަ އިމާރާތަކަށް ބޮޑު ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވިނަމަވެސް ބިން ހެލުމުގެ ބާރު ގަދަކަމުން ސަލާމަތްތެރިކަން ހޯދުމަށް ގިނަ ބަޔަކު ވަނީ ގެތަކުން ބޭރަށް ނުކުމެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި