- އިސްތިހާރު -spot_img

”މާލޭ ސިޓީ ތަރައްގީއަށް ކުރާ ގިނަ ކަންތައްތައް ހުއްޓުވަނީ ސިޓީކައުންސިލުން“

މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް އިދިކޮޅު އެމްޑީޕީގެ ބޭފުޅަކު އިންތިހާބުވީ ހިސާބުން، މާލޭގެ ތަރައްގީގެ އެތައް ކަމެއް ހުއްޓުވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ގަލޮޅު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މަމްދޫހު ވިދާޅުވީ، 2021 ވަނަ އަހަރު މާލޭގެ މޭޔަރު ކަމުގެ މަގާމަށް، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވި ހިސާބުން މާލޭގެ މައްސަލަތަކަށް ހައްލު ގެނައުމަށް އެމަނިކުފާނު ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށާއި، މޭޔަރު ކަމުގައި އެމަނިކުފާނު ހޭދަކުރެއްވި ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ފެއްޓެވި މަސައްކަތްޕުޅު އެމްޑީޕީގެ މޭޔަރަކު ވަޑައިގެން ހުއްޓުވާލާފައިވާކަމަށް މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ ތަފާތު މުހިއްމު ކަންތައްތަކެއް ކުރުމަށް ރޭވި، ލިޔެވި އެކަމަށް ބޭނުންވާ ހުރިހާ ފަންނީ އެހީތެރިކަމެއް ހޯދާފަ އޮތް ދަނޑިވަޅެއްގައި އެމްޑީޕީއަށް އަނެއްކާވެސް ކައުންސިލުގެ މޭޔަރުގެ ގޮނޑި ލިބުމާ ހިސާބުން ފެނިގެންދިޔައީ އޭރު، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގެ ލޮބުވެތި ރައްޔިތުންނަށް ފަސޭހަކޮށްދެއްވުމަށް ކޮށްދެއްވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ހުއްޓުމެއް އައި މަންޒަރު ކަމަށެވެ.

މަމްދޫހު ވިދާޅުވީ ފެނިގެންދަނީ ގަސްތުގައި ސަރުކާރަށް ކަންތައްތައް ނުވާކަން ދެއްކުމަށް، ރައްޔިތުންގެ މެދުގައި ސަރުކާރަށް ނަފްރަތު އުފެއްދުމަށް އެމްޑީޕީގެ މޭޔަރެއް މިއަދު ހުރީތީ މަސައްކަތްކުރަމުންދާ މަންޒަރު ކަން ފާހަގަކުރައްވާ މަމްދޫހު ވިދާޅުވީ ސިޔާސީ ވިސްނުމެއްގައި އެމްޑީޕީގެ މޭޔަރު މަސައްކަތްކުރުމާއެކު މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް އޮތީ ހުއްޓިފައި ކަމަށެވެ. އަދި މިކަން ބަދަލުކުރެވޭނީ އޭޕްރީލް 4 ވަނަ ދުވަހު ނަގާ ވޯޓުން ކަމަށާއި، އެ ވޯޓުގައި މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލަށް ވޯޓުދެއްވުމަށް މެންބަރު މަމްދޫހު އެދިވަޑައިގެންފައިވެއެވެ.

ކާމަރުކަޒީ ޤާނޫނު ތަންފީޒުކުރެވޭ ގޮތުން، ކައުންސިލްގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ލިބިފައި ވީނަމަވެސް ކައުންސިލް އެތުރިގެންދާނީ މޭޔަރާ އެކު ކަމަށް މަމްދޫހު ވިދާޅުވިއެވެ. އެހެންވެ، ކަންކަން ލަސްކުރުމުގެ ބާރު މޭޔަރަށް ލިބިގެންވާއިރު އެ ފުރުސަތު ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީއަށް ނުދިނުމަށްވެސް މަމްދޫހު އެދިވަޑައިގެންފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި